މޯލްޑިވްސް އޯޕަން، 10 ބޯލް ޕޫލް ބިލިއާޑް ޗެމްޕިއަންޝިޕްގެ ނޮކައުޓް ބުރުން، ފުރުސަތު ހޯދި ޝިވާޒް، އަކީ މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ދިވެހި ކުޅުންތެރިންގެ ތެރެއިން ނޮކައުޓަށް ދަތުރުކުރި ހަމައެކަނި ދިވެހި ކުޅުންތެރިޔާ އެވެ. ޝިވާޒް ވަނީ ވާދަކުރި ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެެރެއިން ދެ މެޗުން މޮޅުވެފަ އެވެ.
ޝިވާޒް ފުރަތަމަ މެޗުގައި ކުވެއިތުގެ ބަދޭރު އަލްވާދީ އަތުން ޝިވާޒް 8-0 އިން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން ވަނީ، މޮޅުވެފަ އެވެ. އެއީ، ވިއެޓްނާމްގެ ނުގުޔެން އަން ޓުއާން އަތުން 8-0 އިންނާއި މެލޭޝިއާގެ ޑަރީލް ޝިއާ އަތުން 8-4 އިންނެވެ.
ދެ ވަނަ ބުރުގައި ކުޅޭ މެޗުގައި، ޝިވާޒް ބައްދަލުކުރާނީ، ޝޯން މަރިކްއާ އެވެ.