އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސަސްއިން ހޯދީ، ފުރަތަމަ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އީގަލްސް ބަލިކޮށްގެނެވެ. ސެމީ ފައިނަލްގައި އީގަލްސް އަތުން ސަސް މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި، ސަސްއާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ މިރޭ މާޒިޔާއާ ޓީސީ ކުޅޭ ސެމީގެ ދެވަނަ މެޗުންނެވެ.
19 އަހަރުން ދަށަށް އެންމެ ފަހުން ޔޫތު ޗެމްޕިއަންޝިޕެއް 2022 ވަނަ އަހަރު ބޭއްވިއިރު، ފައިނަލުގައި ސަސް ބަލިކޮށް ތަށި އުފުލާލީ އީގަލްސް އިންނެވެ. އެހެންކަމުން ސަސް އިން އީގަލްސް އަތުން މޮޅުވުމަކީ ބަދަލު ހިފުމެކެވެ.