ads
ހުއްދަ ނުނަގައި ހުޅުމާލޭގެ ބިންތަކުގައި އިމާރާތް ނުކުރަން އެޗްޑީސީން ވަނީ އަންގައިފައި-- ފޮޓޯ: އެޗްޑީސީ
އިމާރާތްކުރަން ފެށުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން އެދިއްޖެ
ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކާއި ވިއްކާފައިވާ ބިންތަކުގައި އިމާރާތް ކުރަން ފެށުމުގެ ކުރިން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ އުސޫލުތަކާއި އެއް ގޮތަށް ހުއްދަތަށް ނަގަން ހަދާންކޮށްދީފި އެވެ.
Advertisement

އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ހުޅުމާލެއިން ވިއްކާފައިވާ ނުވަތަ ކުއްޔަށްދީފައިވާ ނުވަތަ އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ކުރާއިރު އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއް ނެތި އަދި އިމާރާތް ކުރުމާއި ގުޅޭ ހުއްދަތައް ނުނަގާ ގޯތި ތެރޭގައި މަސައްކަތް ކުރުމާއެކު އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އިމާރާތް ކުރާއިރު މި ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއްނެތި، އިމާރާތް ކުރުމާއި ގުޅޭ ހުއްދަތައް ނުނަގާ ގޯތި ތެރޭގައި މަސައްކަތް ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ވަނީ ފާހަގަކުރެވިފަ" ހުޅުމާލޭގެ ބިމާބެހޭ ކަންކަން ބަލަހައްޓާ އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި، ހުޅުމާލޭގެ ބިންތަކުގައި އިމާރާތްކުރުމުގެ އުސޫލު އެ ކުންފުނީގެ ވެބްސައިޓުން ވެސް ފެންނާނެ އެވެ. ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ބުންޏެވެ.

އިމާރާތް ކުރުމުގެ އުސޫލުތަކާ ހިލާފަށް ގޯތި ތެރޭ މަސައްކަތް ކުރާނަމަ ނުވަތަ އިމާރާތް ކުރާނަމަ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ގޯތީގެ ވެރިފަރާތާމެދު ފިޔަވަޅު އަޅާނެކަމަށް އެޗްޑީސީން ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ 2 އިން ލިބިފައިވާ ގިނަ ގޯތި އެ ތަންތަން ލިބުނު މީހުންނާ މިހާރު އަންނަނީ ހަވާލުކުރަމުންނެވެ. ހައުސިން މިނިސްޓްރީން އިއްޔެ ބުނީ ހުޅުމާލެ 2 އިން މިހާތަނަށް 538 ގޯތި، އެ ގޯތިތައް ލިބުނު މީހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ގޯތިތަކުގައި މިހާރު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް