ads
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ފަހުމީ ވިދާޅުވި - ފޮޓޯ: ސްޓެލްކޯ
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ: ފަހުމީ
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ސްޓެލްކޯ ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިހެން ވިދާޅުވެފައި ވަނީ، ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ފަހުމީ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަށް ފުރިހަމައަށް ތާއިދުކޮށް މަރުހަބާ ދަންނަވާ ކަމަށެވެ. 

"ދިވެހިރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ގައުމަކަށް ހެއްދެވުމަށް ރައީސް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ދިވެހި ގައުމު ދެކެ ލޯބިވާ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގަންކަން އަރުވަން" ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދައުލަތުގެ ކުންފުންޏެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމަށެވެ. 

ފަހުމީ އިތުރަށް ވިދާޅުވީ، މާތްﷲ ގެ ވާގިފުޅާއެކު ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ކުރިއެރުމަށް ކުރަމުން ގެންދާ މަސައްކަތުގައި ދާދި އަވަހަށް ކުލަޖެހިގެންދާނެ ކަމަށާއި، މިކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. 

ސަރުކާރުން މިހާރު ވަނީ، ހަރަދުތައް ކުޑަކޮށް، ދައުލަތަށް ވަންނަ ފައިސާގެ އަދަދު އިތުރުކުމަށް މަސައްކަތް ފަށާފަ އެވެ. އެގޮތުން ރައީސް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އަދި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަކީ ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅެކެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ދެން ހިމެނެނީ:

1- މި އަހަރުގެ މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުން.

2- މިނިވަން ދުވަހުގެ ޖަލްސާއެއް އެކަނި ބާއްވައި، ހަރަދުތައް އެތައް ގުނައަކުން ކުޑަކުރަން ނިންމައި އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވި.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ހަރަދު ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްވަތުގައި ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް