ads
ރޫޑް ވެން ނިސްޓެރޫއީ
ނިސްޓެރޫއީ ޔުނައިޓެޑުގެ ކޯޗިން ޓީމަށް
މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ހޮލެންޑްގެ ރޫޑް ވެން ނިސްޓެރޫއީ، ޔުނައިޓެޑުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމަނާފައެއެވެ.

މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ، އިޓަލީގެ ފަބްރީޒިއޯ ރޮމާނޯ އެކްސްގއި ބުނެފައިވާ ގޮތުގައި އަންނަ ސީޒަނުގައި، ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހޭގްގެ ކޯޗިން ޓީމުގައި ޔުނައިޓެޑުގެ ކުރީގެ ތަރި، ނިސްޓެރޫއީވަނީ ހިމަނާފައެވެ. އަދި އެކަން ވަރަށް އަވަހަށް ޔުނައިޓެޑުން އިއުލާން ކުރާނެ ކަމަށް ފަބްރީޒިއޯއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނިސްޓެރޫއީ ޔުނައިޓެޑުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނިއިރު، އޭނާއާ އިގިރޭސި ކްލަބު ބާންލީންވެސް މި ފަހުން ވާހަކަ ދެއްކިއެވެ. 

ކުރިން ހޮލެންޑްގެ ޕިއެސްވީ އައިންދޮވާންއަށް ކޯޗުކޮށް ނިސްޓެރޫއީ ޔުނައިޓެޑަށް ކުޅުނީ 2001 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރަށެވެ. ޕީއެސްވީން ޔުނައިޓެޑަށް ބަދަލުވި ނިސްޓެރޫއީ، އެ މުއްދަތުގެ ތެރޭގައި 150 މެޗުން 95 ލަނޑު ޔުނައިޓެޑަށް ޖެހިއެވެ. ޔުނައިޓެޑުން ނިސްޓެރޫއީ ދެން ބަދަލުވީ ރިއާލް މެޑްރިޑަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް