ads
ޖޯޖިއާ - ޕޯޗުގަލް މެޗުގެ ތެރެއިން
ޕޯޗުގަލް ބަލިކުރި ޖޯޖިއާ ޓީމަށް 10 މިލިއަން ޑޮލަރު
ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް ބަލިކުރި ޖޯޖިއާ ޓީމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި ބިލިއަނަރު އިވާނިޝްވިލީ 10 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ.

ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޯޖިއާއިންވަނީ ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު ދެ ލަނޑު ސުން ލަނޑުން ޕޯޗުގަލް ބަލިކޮށްފައެވެ. 

ފްރާންސްގެ ކުރީގެ ޑިފެންޑަރު ވިލީ ސަގްނޯލް މެނޭޖްކުރާ ޖޯޖިއާ އެ ނަތީޖާއާއެކު ދެވަނަ ބުރުގައި ސްޕެއިންއާ ދެކޮޅަށް ކުޅެން ފުރުސަތު ހޯދާފައެވެ.

މި ކާމިޔާބީއާ ގުޅިގެން ޖޯޖިއާގެ ވެރިކަންކުރާ ޖޯޖިއަން ޑްރީމް ސިޔާސީ ޕާޓީ އުފެއްދެވި އަދި 2012 ވަނަ އަހަރު އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި އިވާނިޝްވިލީ ވިދާޅުވީ ޕޯޗުގަލް އަތުން ހޯދި މޮޅަކީ "ތާރީހީ އަދި ހުވަފެނީ ކާމިޔާބީއެއް" ކަމަށެވެ. އަދި އެކަމުގެ އުފަލުގައި 10 މިލިއަން ޑޮލަރު ޓީމަށް ހަދިޔާ ކުރައްވައި ވިދާޅުވީ، ސްޕެއިން ބަލިކޮށްފިނަމަ އިތުރު 10 މިލިއަން ޑޮލަރު ޓީމަށް ހަދިޔާ ކުރައްވާނެ ކަމަށެވެ.

އިވާނިޝްވިލީ މުއްސަނދިކަން ފޯބްސް އިން ލަފާކުރާ ގޮތުގައި ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރަށް އަރާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް