ads
މޯލްޑިވިއަންގެ އެއާބަސް އެއާކްރާފްޓެއް - ފޮޓޯ:މޯލްޑިވިއަން
މޯލްޑިވިއަން ބޯޓަށް މައްސަލަ ދިމާވެ ޑާކާގެ ދަތުރު ކެންސަލް
މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޯޓަށް އަނެއްކާވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ، ބަންގްލަދޭޝްގެ ޑާކާ އަށް މިއަދު ކުރަން އޮތް ދަތުރު ކެންސަލް ކޮށްފި އެވެ.
Advertisement

މޯލްޑިވިލިއަން އިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މާލެ އިން ޑާކާއަށް ދަތުރުކުރާ Q2-502 އަދި Q2-2502 ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކެންސަލްކޮށްފައިވާ ކަމަށެވެ. 

މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، ދިމާވެދާނެ ދައްޗަކަށް އެ ކުންފުނިން ވަނީ މައާފަށް ވެސް އެދިފަ އެވެ. ބަންގާޅަށް މިއަދު ފުރަން އޮތް ދެ ފްލައިޓް ކެންސަލް ކުރަން ޖެހުނީ އެ ދެ ފްލައިޓަށް ރާއްޖެ އާދެވޭ ގޮތް ބަންދުވެފައި އޮތުމުން ކަމަށް މައުލޫމާތު ލިބެ އެވެ. 

މޯލްޑިވިއަން އިން ވަނީ މި ފްލައިޓްތަކުން ބަންގާޅަށް ދަތުރު ކުރާ ކަސްޓަމަރުން ދަތުރު ކުރާނެ އެހެން ގޮތެއް އޮތްނަމަ، 1671 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެދިފަ އެވެ.

މި ދަތުރު ކެންސަލް ކުރުމާ ގުޅިގެން އެ ބޯޓުން ދަތުރުކުރުމަށް ހަމަޖެހިފައިވާ މީހުން، ބޭނުންވާނަމަ އެހެން އެއާލައިނަކުން ދަތުރު ކުރުމަށް ނުވަތަ މޯލްޑިވިއަނުން އެންމެ އަވަހަށް ޑާކާއަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ފްލައިޓުން ދަތުރު ކުރުމުގެ ފުރުސަތު ދީފައި ވާކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.

މީގެ އިތުރުން ޓިކެޓަށް ފުލް ރީފަންޑު ބޭނުންވާ މީހުންނަށް އެ ކަންވެސް ހަމަޖައްސައިދެމުން އަންނަ ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.

މޯލްޑިވިއަން އެތެރޭގެ އުދުހުންތަކާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ އެކި ސަރަހައްދުތަކާއި ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރުތައް ބާއްވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް