ads
ރޮނާލްޑޯ އަދި ޕެޕޭ
ރޮނާލްޑޯގެ ޗެޕްޓަރ ނިމުނީތަ؟ ނޫނީ އަދިވެސް އެއީ ގޯޓްތަ؟
ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، ޕޯޗުގަލް މުބާރާތް ކެޓިއިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކުޅުންތެރިއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
Advertisement

ޔޫރޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި މުބާރާތުގެ ކުއާޓާ ފައިނަލުން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ޕޯޗުގަލްގެ ރޮނާލްޑޯއަކި މުބާރާތުގައި އެހެން އެއްވެސް ކުޅުންތެރިއަކަށް ގިނަ ގިނައިން ގޯލަށް ޝޮޓް ހެދި ކުޅުންތެރިއެކެވެ. އެކަމަކު ރޮނާލްޑޯއަށް މި ފަހަރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. 

ރޮނާލްޑޯ ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ގޯލެއް ނުޖެހުމުން އެ ޓީމުގެ ޖާގައާ މެދު އެކަމަކު ސުވާލު އުފެދެއެވެ. އެހެންނަމަވެސް އޭނާ ދަނޑު މަތީގައި ހުރުން އެކަނިވެސް އެއީ ޓީމަށް މުހިއްމު ކަމެއްކަމުގައި ދެކޭ މީހުން މަދެއް ނޫނެވެ. 

ރޮނާލްޑޯއަށް މި މުބާރާތުގައި ލަނޑެއް ޖަހައި ތާރީހުން އަނެއްކާވެސް ފުރުސަތެއް ހޯދަން ލިބުނު އެންމެ ހުސް ފުރުސަތަކީ، ސްލޮވޭނިއާ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެވެ. އެކަމަކު އެ ޕެނަލްޓީ އޭނާއަތުން މިސްވީއެވެ.

ފްރާންސް އަތުން ބަލިވެ މުބާރާތުން ވަކިވިއިރު، 2021 ވަނަ އަހަރު އެންމެ ފަހުން ކުޅުނު ޔޫރޯގެ ގްރޫޕް ސްޓޭޖަށް ފަހު ބޮޑު މުބާރާތެއްގައި އޯޕަން ޕްލޭގައި ރޮނާލްޑޯއަކަށް ލަނޑެއް ނުޖެހެ އެވެ.

ސުވާލަކީ ރޮނާލްޑޯގެ ކެރިއަރު ނިމުނީ ހެއްޔެވެ؟ ނޫނީ އޭނާއަކީ އަދިވެސް ގޯޓް ނުވަތަ ގްރޭޓަސްޓް އޮފް އޯލް ޓައިމް ހެއްޔެވެ؟ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް