ads
ފިލް ފޯޑެން
ފިލް ފޯޑެން އެނބުރި ޓީމާ ގުޅިއްޖެ
ތިންވަނަ ދަރި ވިހާތީ، ދަރިއާ ބައްދަލުކުރަން އަމިއްލަ ގައުމަށް ދިޔުމަށް ފަހު، އިގިރޭސި ޕްލޭމޭކަރ ފިލް ފޯޑެން އެނބުރި ޖަރުމަނަށް ގޮސް ޓީމާ ގުޅިއްޖެއެވެ.

އިގިރޭސި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ، އޭނާއަށް ތިންވަނަ ދަރިއަކު ލިބޭތީ އެނބުރި ގައުމަށް ދިޔައީ ބުދަ ދުވަހުއެވެ. ކުރިން ބެލެވިފައި އޮތީ އޭނާ އަލުން ޓީމާ ގުޅޭނީ ހަފްތާ ބަންދަށް ފަހު ކަމަށެވެ. އެހެންނަމަވެސް ފިލް ފޯޑެންވަނީ އަލުން އެނބުރި ޓީމާ ގުޅި މިއަދު ޕްރެކްޓިހުގައިވެސް ބައިވެރިވެފައެވެ.

ސިޓީއަށް ކުޅޭ އުމުރުން 24 އަހަރުގެ ފިލް ފޯޑެންވަނީ އިންގްލަންޑް ކުޅުނު ތިން މެޗުގައިވެސް މޮޅު ކުޅުމެއް ކުޅެފައެވެ. އޭނައަކީ ނިމުނު ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ. 

ފިލް ފޯޑެންވަނީ މިދިޔަ އޭޕްރީލް މަހު ފޯޑެން އާއި އޭނާގެ ބައިވެރިޔާ ރެބެކާ ކޫކްއަށް ތިންވަނަ ދަރިއަކު ލިބޭކަން އިންސްޓަގްރާމްގައި އިއުލާންކޮށްފައެވެ. ފިލް ފޯޑެންގެ ދޮށީ ދަރީގެ އުމުރަކީ ފަސް އަހަރެވެ. އަދި ހަގު ދަރީގެ އުމުރަކީ ދެ އަހަރެވެ. ފިލް ފޯޑެންގެ މޮޅު ކުޅުމާއެކު އިންގްލަންޑް، ގްރޫޕް ނިންމައިލީ އެއްވަނަ މަގާމުގައި އޮވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް