ads
ޕީސް ޓީވީ
ރާއްޖެއަށް ޕީސްޓީވީ ނުފެންނަ ގޮތް ހަދައިފި
ރާއްޖޭގެ ގިނަ ބަޔަކު ބަލާ ޗެނަލް އެއް ކަމަށްވަ ޕީސް ޓީވީ ދެއްކުން ރާއްޖޭގައި މީޑިއާ ނެޓުން ހުއްޓާލައިފި އެވެ.

މަޝްހޫރު އިލްމު ވެރިއެއް ކަމަށްވާ ޑރ. ޒާކިރު ނައިކް އިސްކޮށް ހުންނަވާ ހިންގަމުންދާ ޗެނަލްއެއް ކަމަށްވާ ޕީސް ޓީވީ އަކީ ދުނިޔޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރިންގެ ތަފާތު ދަރުސްތަކާއި، ޕްރަގްރާމްތައް ފޮނުވަމުން ގެންދާ ޗެނަލް އެކެވެ. ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލް ކަން ލިބިފައިވާ މި ޗެނަލް މީޑިއާ ނެޓުން ދެއްކުން ހުއްޓާލުމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މިކަމާއި ގުޅިގެން ކަންބޮޑު ކަން ފާހަގަ ކޮށްފައެވެ.

މިކަމާއި ގުޅިގެން ރަސްމީކޮށް މީޑިއާ ނޭޓުން އެއްޗެކޭ ބުނެފައި ނެންނަމަ ވެސް، ކަންބޮޑު ވުން ފާޅުކޮށްފައިވާ ގިނަ ބަޔަކު ވަނީ ޕީސްޓީވީ ދެއްކުން ހުއްޓާލީ ކީއްވެގެންތޯ މީޑިއާ ނެޓައް ގުޅައިގެން އޮޅުން ފިލުވަން މަސައްކަތް ކޮށްފައެވެ. މި މީހުންބުނި ގޮތުގައި މީޑިއާ ނެޓުގެ ކޯލް ސެންޓަރަށް ގުޅުމުން އެމީހުން ބުނީ ޗެނަލް ދެއްކުން ހުއްޓާލާފައިވަނީ އާމުންގެ އެދުމުގެ މަތިން ކަމުގައި ކަމަށެވެ.

ޕީސް ޓީވީ ވަނީ އިންޑިއާގައި ވެސް ދެއްކުން ހުއްޓާލާފައެވެ. އަދި ޑރ. ޒާކިރު އިންޑިއާއަށް ވަޑައިގެންފިނަމަ ހައްޔަރުކުރާނެ ކަމަށްވެސް ވަނީ އިންޒާރު ކޮށްފަ އެވެ. އެކަމާ ގުޅިގެން ޒާކިރު މިހާރު ދިރިއުޅުއް ވަނީ މެލޭޝިޔާގަ އެވެ. 

މީގެ އިތުުރުން ހުޅަނގާއި އިންޑިއާ ފަދަ ގައުމުތަކުން ނުރުހޭ ކަހަލަ ވަރަށް ގިނަ އިލްމުވެރިންގެ ތަފާތު ޕުރޮގްރާމްތައް ވެސް ޕީސް ޓީވީ ގެނެސްދެމުން ގެންދެއެވެ. މީގެ ތެރޭގައި ޑރ. ޒާކިރް ނައިކް އިސްލާމް ދީނުގެ މަތިވެރިކަން ބަޔާން ކޮށް ބާއްވަމުން ގެންދާ ދަރުސް ތަކާއި އިސްލާމް ދީން ގަބޫލް ނުކުރާ އެތަށް ބައެއްގެ ސުވާލު ތަކަށް ޖަވާބު ދީ ހެދުމަކީ މި ޗެނަލް ގެ ތެރެއިން ކުރަމުންދާ ކަންތައްތަކެވެ.

13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
84%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް