ސްޕޯޓްސް އެވޯޑްސްގެ އެކިއެކި މަގާމްތަކަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައްވެސް އިއުލާން ކުރުމަށް ފަހު ކުއްލި ގޮތަކަށް އެވޯޑް ފަސްކުރި ސަބަބެއް ނޭނގެއެވެ. އެކަމަކު ހަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެހެން ބާއްވަން ޖެހޭ ކަންކަން ނޫނީ ނުބޭއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.
މި އެވޯޑު އެންމެ ފުރަތަމަ ބާއްވަން ނިންމާފައިވަނީ މިމަހު 27 ގައެވެ. ނަމަވެސް އަޟްހާ އީދާއި ދިމާކޮށް މި ހަފްލާ އެހާ ފުރިހަމަކޮށް ނުބޭއްވިދާނެތީ މި އެވޯޑު އަންނަ ޖުލައި 4 އަށް ފަސްކުރުމަށްފަހު އަނެއްކާ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ.