ads
ޖޯޖިއާ - ޕޯޗުގަލް މެޗުގެ ތެރެއިން
އަހަރުމެން މިއީ ޗެމްޕިއަނުން، އިތުރަށް ހާސިލްކުރާނެ އެއްޗެއް
ޔޫރޯގެ ޗެމްޕިއަންކަން ލިބިއްޖެ ކަމަށާއި ދެން އިތުރަށް ހާސިލް ކުރާނެ އެއްޗެއް ނެތް ކަމަށް ޖޯޖިއާގެ ކޯޗު ބުނެފިއެވެ.

މުޅިން އަލަށް ޔޫރޯގައި ވާދަކުރާ ޖޯޖިއާ ޓީމުންވަނީ ގަދަ ފަދަ ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދާފައެވެ. ދެވަނަ ބުރުގައި ޖޯޖިއާ ނުކުންނާނީ ވޯލްޑްކަޕް އަދި ޔޫރޯ ކާމިޔާބުކޮށްފައިވާ ސްޕެއިނާ ދެކޮޅަށެވެ.

ޖޯޖިއާގެ ކޯޗު ވިލީ ސަގްނޯލް ބުނީ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗަށް ދާނީ ރިލެކްސް މޫޑެއްގައި ކަމަށާއި މިހާރު ވެސް ހީކުރި ވަރަށް ވުރެ މާ ބޮޑު ކާމިޔާބެއް އެ ޓީމަށް ލިބިފައިވާ ކަމަށެވެ.

"އަހަރެމެން މި މެޗަށް ދާނީ ވަރަށް އިތުބާރާއެކު ސަބަބަކީ އަހަރެމެންނަށް އެއްގޮތަކަށްވެސް ގެއްލޭނެ އެއްޗެއް ނެތުމުން. އަހަންނަށް މިހާރުވެސް ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިން"

ޖޯޖިއާ ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކުން ފެނިގެންދާއިރު، ގްރޫޕްގެ އެންމެ ފަހު މެޗުގައި ބުދަ ދުވަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އަތުން 2-0 އިން މޮޅުވެ ނޮކްއައުޓް މަރުހަލާއަށް ދަތުރުކުރި އެވެ. ޖޯޖިއާއިން ތުރުކީ އަތުން ބަލިވިނަމަވެސް ޗެކް އަތުން ހޯދި ޕޮއިންޓާ، ޕޯޗުގަލް އަތުން ހޯދި ތިން ޕޮއިންޓާއެކު އެ ޓީމު ދެވަނަ ބުރަށް ދަތުރު ކުރިއެވެ.

2021 ވަނަ އަހަރުގެ ކުރީކޮޅު ފްރާންސްގެ ސަގްނޯލް ކޯޗަކަށް ހަމަޖެހުނު ފަހުން ޖޯޖިއާ ވަނީ ހަތަރު ފަހަރު ސްޕެއިންއާ ދެކޮޅަށް ކުޅެ، ހަތަރު މެޗުން ވެސް ބަލިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް