ads
އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމެއް - ފޮޓޯ: އެމްއެންޕީ
ސްކޭމް މެސެޖް ތަކެއް، މިފަހަރު އެމްއެންޕީގެ ނަމުގައި
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެ ޕާޓީން އެދިއްޖެ އެވެ.
Advertisement

މި ކަމާ ގުޅިގެން އެ ޕާޓީގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ސްޕޭމް މެސެޖުތައް ފޮނުވަމުންދަނީ އެމްއެންޕީ ޝޯޓުކޯޑު މެދުވެރިކޮށް ކަމަށާއި، އެއީ އެ ޕާޓީގެ ފަރާތުން ފޮނުވާ ނުވަތަ އެ ޕާޓީއާ ގުުންހުރި މެސެޖުތަކެއް ނޫން ކަމަށެވެ.

އެމްއެންޕީގެ ބަޔާނުގައި ބުނެފައިވަނީ މިއީ ބަޔަކު އެ ޕާޓީ ބަދުނާމުކޮށް ރައްޔިތުންނަށް އޮޅުވާލަން ކުރާ ކަމެއް ބުންޏެވެ. އަދި މިއީ މީހުންގެ އަތުން ފައިސާ ހޯދުމަށް ބަޔަކު ކުރާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަން ފާހަގަކޮށް އެކަންކަމަށް ސަމާލުވާން އެދިފަ އެވެ.

އެކި ކަހަލަ އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުން ވަނީ ވަރަށް އާންމުވެފަ އެވެ މި ފަދަ ކަންކަމަށް ސަމާލުވުމަށާއި ހޭލުންތެރިވުމަށް ފުލުހުންނާއި އެހެނިހެން ކަމާ ބެހޭ ފަރާތްތަކުން އަބަދު ވެސް ދަނީ އިލުތިމާސް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް