އިޓަލީ އައުޓް! ސްވިޒަލެންޑް ކުއާޓާއަށް
ސްޕޯޓްސް ޓީމް
30 ޖޫން 2024 - 00:12:50
ޔޫރޯގެ ޑިފެންޑިން ޗެމްޕިއަން އިޓަލީ ކަޓުވާލައި، މުބާރާތުގެ ކުއާޓާ ފައިނަލުން ސްވިޒަލެންޑް ފުރުސަތު ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އިޓަލީގެ މައްޗަށް ސްވިޒަލެންޑުން ކުރި ހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ.
ބާލިން އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިޓަލީ ކޮޅަށް ފުރަތަމަ ލަނޑު ޖެހީ ރެމޯ ފްރެއުލާއެވެ. ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފު ހަމަ ފެށުމާއެކު ވާގާސް އެވެ.
ކުއާޓާ ފައިނަލުގައި ސްވިޒަލެންޑުން ކުޅޭނީ ޖަރުމަނާ ޑެންމާކު ކުޅެގެން މޮޅުވާ ބަޔަކާއެވެ.
ޑިފެންޑިން ޗެމްޕިއަން އިޓަލީ ރަށަށް ފޮނުވާލި ސްވިޒަލެންޑަކީ އެންމެ ފަހުގެ ޔޫރޯގައި ފްރާންސްވެސް ކަޓުވާލި ޓީމެވެ. އެކަމަކު ސްޕެއިން ކައިރީގައި އެ ފަހަރު ސްވިޒަލަންޑަކަށްވެސް ގަދަ ހެދޭ ގޮތެއް ނުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް