ads
ސާޖިއޯ ރޮސް
ކޮވިޑް-19 ޖެހިގެން މަޝްހޫރު ފައިވާން ޑިޒައިނަރެއް އިޓަލީގައި މަރުވެއްޖެ
މަޝަހޫރު ފައިވާން ޑިޒައިނަރެއް ކަމަށްވާ އިޓަލީގެ ސާޖިއޯ ރޮސް ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައެވެ.

އަންހެނުންގެ މަޝްހޫރު ފައިވާން ޑިޒައިނަރެއް ކަމަށްވާ ސާޖިއޯ ރޮސް މަރުވެފައިވަނީ އިޓަލީގެ އުތުރުގެ އަވަށެއް ކަމަށްވާ ސެސެނާ ގެ މައުރީޒިނޯ ބުފަލިނީ ހޮސްޕިޓަލުގައެވެ. ކޮރޯނާ ވައިރަހާއި ގުޅިގެން ޖެހުނު ސިއްހީ މައްސަލަ އެއްގައި އޭނާ މަރުވި އުމުރަކީ 84 އަހަރެވެ.

ސާޖިއޯ ރޮސް މަރުވި ހަބަރު ބޭރުގެ ނިއުސް ޗެނަލް ތަކަށް ހިއްސާ ކޮށްފައިވަނީ މައުރީޒިނޯ ބުފަލިނީ ހޮސްޕިޓަލުގެ މީހެކެވެ. މަރުވި ވާހަކައިގެ އިތުރުން އެއްވެސް މައުލޫމާތެއް ދިފާނުވާ ކަމަށް ބޭރުގެ ނިއުސް ޗެނަލް ތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މުޅި ދުނިޔެއަށް މަޝްހޫރު ފައިވާން ޑިޒައިނަރެއް ކަމަށްވާ ސާޖިއޯ ރޮސް ގެ ފައިވާނަކީ ގިނަ އަދަދެއްގެ ތަރިން ވެސ ލޯބި ކުރާ ފައިވާން ޑިޒައިނެކެވެ. މިގޮތުން ޓޭލާ ސްވިފްޓް، ރިހާނާ، އެޑްރިއާނާ ލީމާ އަދި އަރިއާނާ ގްރާންޑޭ އަކީ މި ޑިސްއިނުގެ ފައިވާން އާންމު ގޮތެއްގައި އަރާ ތަރިންނެވެ.

އިޓަލީގައި 14،000 އަށް ވުރެ ގިނަ މީހުންވަނީ މި ވައިރަހުގެ ސަބަބުން މަރު ވެފައެވެ. މިއީ މިބަލީގައި އެންމެ ގިނަ މީހުން މަރުވަމުންދާ ގައުމެވެ. އަދި ކޮވިޑް-19 ފެތުރުން ހުއްޓުމުގެ ގޮތުން އިޓަލީ އިން ވަނީ މުޅި ގައުމު އެއްކޮށް ލޮކްޑައުން ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް