ads
އިންޑިޔާގެ ކެޕްޓަން ޓްރޮފީއާއެކު
ޓީޓުވެންޓީ ވޯލްޑްކަޕް ޗެމްޕިއަންކަން އިންޑިޔާއަށް
ސައުތު އެފްރިކާ ބަލިކޮށް، އިންޑިއާ އިން ޓީ ޓުވެންޓީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
Advertisement

ޓީ ޓުވެންޓީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން އިންޑިޔާއިން ހޯދީ ފައިނަލްގައި ހަތް ލަނޑުން ސައުތު އެފްރިކާ ބަލިކޮށްގެނެވެ. އެމެރިކާގައި ކުޅުނު މި މުބާރާތް އިންޑިޔާއިން ކާމިޔާބު ކުރިއިރު، އެންމެ ފަހުން އިންޑިޔާއަށް މި މުބާރާތް ކާމިޔާބު ކުރެވުނީ މީގެ 17 އަހަރު ކުރިންނެވެ.

ޓީ ޓުވެންޓީ ވޯލްޑްކަޕް އިންޑިޔާއިން މި ކާމިޔާބު ކުރީ، ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކުއެވެ. މިއީ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، އައިސީސީ ވޯލްޑް ކަޕެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ސައުތު އެފްރިކާއާ ދެކޮޅަށް އިންޑިއާ އިން ފައިނަލް މެޗުން މޮޅުވީ، އިނިންގްސެއްގައި މިހާތަނަށް ޓީ ޓުވެންޓީ ވޯލްޑް ކަޕެއްގެ ފައިނަލުގައި އެންމެ ގިނަ ލަނޑު ހަދައިގެންނެވެ.

ފައިނަލް މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ނިންމީ ކުޅޭށެވެ. އިންޑިއާ އިން ވަނީ، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން، 176 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން އަރައި، ދެކުނު އެފްރިކާ އަށް 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ، 169 ލަނޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް