ads
ޖަރުމަން ކުޅުންތެރިން
ޑެންމާކު ކަޓުވާލައި ޖަރުމަނުވެސް ގަދަ އަށަކަށް
ޔޫރޯގެ ދެވަނަ ބުރުގައި ޑެންމާކު ބަލިކޮށް، މުބާރާތުގެ ގަދަ އަށަކުން ޖަރުމަން ފުރުސަތު ހޯދައިފިއެވެ.

ވިއްސާރަ ކޮޅިގަނޑެއްގައި ޖެހި، 20 އަށް ވުރެ ގިނަ މިނިޓް މެދުކަނޑާލަން ޖެހުނު މެޗުން ޖަރުމަނު މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މުބާރާތުގެ ކުއާޓާގައި ޖަރުމަނު ނުކުންނާނީ ސްޕެއިން ނުވަތަ ޖޯޖިއާއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ޖަރުމަނަށް ފުރަތަމަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ކައި ހަވާޓްޒް އެވެ. އަދި ޖަރުމަނުގެ ދެވަނަ ލަނޑު ޖެހީ ޖަމާލް މުސިއާލާއެވެ.  މިއީ، މި ފަހަރު ޔޫރޯގައި މުސިއާލާގެ ތިން ވަނަ ގޯލެވެ.

ޖަރުމަނާއެކު ގަދަ އަށެއް ނުވަތަ ކުއާޓާއިން ޖާގަ ހޯދާފައިވާ އަނެއް ޓީމަކީ ސްވިޒަލަންޑެވެ. ސްވިޒަލަންޑް ކުއާޓާއަށް ދިޔައީ އިޓަލީ ކަޓުވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް