ads
އެކުންފުނީގެއެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސާ އިބްރާހިމް ޝަރީފު މުހައްމަދު އެކުންފުނީގެ ބައްދަލުވުމުގެ ތެރެއިން
ދެން ޕްރިންޓަރެއް ނުންގަންނާނެ. އެމްއޭސީއެލް އަހަރެއްތެރޭ ޕޭޕާލެސް ކުންފުންޏަކަށް ހަދަނީ
ކުރިޔަށް އޮއް އަހަހަރެއްގެ ތެރޭގައި އެމްއޭސީއެލް ޕޭޕާ ލެސް ކުންފުންޏަކަށް ހަދާނެކަމަށް އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ޝަރީފު މިހެން ވިދާޅުވީ ސަރުކާރުން ގެންގުޅޭ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއޭސީއެލުން ކުރަން ނިންމާފައިވާކަން ކަން ހާމަކުރައްވަމުންނެވެ. 

ޝަރީފް ވިދާޅުވީ އެމްއޭސީއެލްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު 4000 މައްޗަށް އަރާކަމަށެވެ. އެހެންކަމުން ޕްރިންޓްކުރުމާއި ކަރުދާސް ހަރަދުކުރުމަށް ކުރާ ހަރަދު އެހެން ހުރިހާ ކުންފުންޏަކަށް ވުރެ ނިސްބަތުން ބޮޑުކަމަށެވެ. ކުރިޔަށް އަހަރެއްގެ ތެރޭގައި އެމްއޭސީއެލް ޕޭޕާ ލެސް ކުންފުންޏަކަށް ހަދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. 

" އަޅުގަނޑުމެން މި އަމާޒި ހިފީ ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެތެރޭގައި ޕޭޕާ ލެސް ކުންފުންޏަކަށް މި ކުންފުނިންވާ. އެގޮތުން މިއަދިން ފެށިގެން އިތުރަކަށް ޕްރިންޓަރެއް އެމްއޭސީއެލްއަކަށް ނުގަންނާނެ. މިއަދުން ފެށިގެން އިތުރު ޕްރިންޓަރު ގަތުން ހުއްޓާލީ." ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

އެއާޕޯޓްގެ ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކަރަންޓަށްް ކުރާ ހޭދަ ކުޑަކުރުމަށް ނިންމާފައިވާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އެގޮތުން މިހާރު ކަރަންޓް ދެމުން އަންނަ ޖެންސެޓް ތަކަކީ ދުވަސްވެފައިވާ ތަކެއްޗަށްވުމުން ކަރަންޓަށް ހިންގާ ހަރަދު އެތައް ތަނުން ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

" މިހާރު ޕަވަރ އަޕްގްރޭޑިން ޕްރޮޖެކްޓެއް އެބަދޭ. އެކަން އަވަސްކޮށް ކުރިޔަށް އޮތް 15 ދުވަސްތެރޭ އާ ޖަނަރޭޓަރު ސެޓްތައް ބޭނުންކުރަން ފަށާނަން. މި ބޭނުން ކުރަން ފެށުމުން އަޅުގަނޑުމެން ކަރަންޓަށް އުފެއްދުމަށް ބޭނުންކުރާ ތެލުގެ މިންވަރު މަދުވެގެން 20 ޕަސެންޓް ދަށްވާނެ." އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ.

އެއާޕޯޓްސް ކޮމްޕެނީގެ ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާކަން އެ ކުންފުނީގެ ސީއީއޯ ވިދާޅުވިއެވެ. ހަރަދު ކުޑަކުރަން މަސައްކަތް ކުރި ނަމަވެސް އެއްވެސް މުވައްޒަފެއް ކުންފުނިން ވަކި ނުކުރާނެކަމަށާއި އަދި އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކުރާނެކަމަށްވެސް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް