ads
ގުރުއާން މުބާރާތެއްގައި ދަރިވަރަކު ކިޔަވަނީ
ގުރުއާން ހިތު ދަސްކުރާ ކުދިން އުމްރާއަށް ފޮނުވަނީ، ފުރަތަމަ ކުދިން ދެމަހެއްގެ ތެރޭ ފުރާނެ
ކީރިތި ޤުރްއާން ހިތުދަސްކުރާ ދަރިވަރުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުންނެވެ. 

ޝަހީމް ވިދާޅުވީކީރިތި ޤުރްއާން ހިތުދަސް ކުރާ ކުދިން އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަޝްރޫއު ފެށުމުގެ ގޮތުން ގޮތުން ފުވައްމުލަކުން ޤުރުއާން ހިތުދަސްކުރި 7 ދަރިވަރަކު ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އުމްރާއަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.  

ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައި ގުރުއާން ހިތުދަސްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަހަކު ތިން ފޮތަށްވުރެ ގިނައިން ހިތުދަސްކުރާ ދަރިވަރުންނަށް ޕޮކެޓް މަނީއެއް ދިނުމަށް ނިންމާފައިވާކަންވެސް ރޭ  ޑރ. މ މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިއުލާންކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ ގުރުއާން ހިތު ދަސްކުރުމަކީ ބުރަ އަދި މާތް މަސައްކަތެއްކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރާ ދަރިވަރުންނަށްް ހިތްވަރު ދިނުމަށް ސަރުކާރުން ޕޮކެޓް މަނީއެއް ދިނުމަށްް ނިންމާފައިވާކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން މިކަން ފަށާނެކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް