ads
ރާޖްޕާލް ޔާދަވް
ރާޖްޕާލް ޔާދަވް ޖަލުން މިނިވަންވިކަމަށް ފެތުރޭ ވާހަކަތައް އަންހެނުން ދޮގުކޮށްފި
ބޮލީވުޑް ގެ މަޝްހޫރު ކޮމީޑިއަން ރާޖްޕާލް ޔާދަވް ޖަލުން މިނިވަންވި ކަމަށް ފެތުރެމުންދާ ވާހަކަތައް އޭނާގެ އަންހެނުން ދޮގުކޮށްފިއެވެ. އޭނާ މިހާރު ހުރީ ދަރަނީގެ މައްސަލައެއްގައި އިންޑިއާ ގެ ތިހާރު ޖަލުގައެވެ.
Advertisement

ސޯޝަލް މީޑިއާ ގައި އަދި ބައެއް ނޫސްތަކުގައި ރާޖްޕާލް ޖަލުން ނުކުމެފައިވާ ކަމަށް ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް މި ވާހަކަތަކާ ގުޅިގެން އޭނާގެ އަންހެނުން ރާދާ ޔާދަވް ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ކަށަވަރުކޮށްދީފައެވެ.

ބޮޑު އަދަދެއްގެ ލޯނެއް ނުދެއްކި މައްސަލައިގައި ކޯޓުން ވަނީ އޭނާއަށް ޖަލު ހުކުމެއް އިއްވާފައެވެ. ފިލްމެއް ހެދުމަށް ނެގި މި ލޯނު އަނބުރާ ނުދެއްކުމުގެ ސަބަބުން ކޯޓުގެ އަމުރަށް އޭނާ ވަނީ ޖަލަށް ލާފައެވެ.

"އޭނާ އަދި ޖަލުން މިނިވަނެއް ނުވޭ. ސޯޝަލް މީޑިއާ ގައި ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް،" ރާޖްޕާލްގެ އަންހެނުން ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އާއިލާއިން އަންނަނީ ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އަދި ހުކުމުގެ މުއްދަތު ހަމަވުމުން ނޫނީ އޭނާއަށް ޖަލުން ނުނިކުމެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ރާޖްޕާލް ޔާދަވް އަކީ ބޮލީވުޑް ގެ ވަރަށް ގިނަ ފިލްމުތަކުގައި މޮޅު އެކްޓިންއެއް ދައްކާފައިވާ ތަރިއެކެވެ. އޭނާ ޖަލަށް ލުމަކީ ސަޕޯޓަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް