ފުލުހުން ބުނީ ގއ. ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާ ބުރިއަކުން ޖެހި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
މީނާ ހައްޔަރުކުރީ ރޭ ދަންވަރު ވިލިނގިލީގައި ހިނގި ހަމަނުޖެހުމާ ގުޅިގެންކަމަށްވެސް ފުލުހުން ބުނެއެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 46 އަހަރުގެ އަންހެނަކަށެވެ. އަދި މީނާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މަސްވެރިޔާ މަސްވެރިޔާ އަލީ ސާޖިދުއެވެ. އޭނާއަކީ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސްވެރިންގެ ހައްގުތަކުގައި އަޑު އުފުލަމުން އަންނަ މީހެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.