މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށް ނެގި ވޯޓުގައި 82 މެންބަރުންގެ ވޯޓާއެކު އަބްދުއްރަހީމް، ތުރުކީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަނުކުރަން ވަނީ ރުހުން ދީފައެވެ.
އަބްދުއްރަހީމް އެމްއެންޑީއެފުން ރިޓަޔާ ކުރެއްވީ މި އަހަރުގެ އޭޕްރީލް މަހު އެވެ.
އަދި މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމުން ޕާކިސްތާނު ސަފީރުކަމަށް ބަދަލުކުރުމަށް ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު އަށް ވެސް ވަނީ 82 މެންބަރުން ވޯޓު ދީފަ އެވެ.
މި ދެ ފަރާތަށް ރުހުން ނުދިނުމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.