ads
އެސްޓީއޯއިން ކުރިއަށް ގެންދިޔަ ކޮންފަރެންސް: ފޮޓޯ/ އެސްޓީއޯ
އެސްޓީއޯއިން "ކާޑިއޯ މެޓަބޮލިކް ރީނަލް ކޮންކްލޭވް" ބާއްވައިފި
ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކަށް ހާއްސަ ބޭސް ތަކާއިމެދު ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުން ގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސް އިން ހާއްސަ ކޮންފަރެންސެއް ބާއްވައިފި އެވެ.
Advertisement

އެސްޓީއޯއިން މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި ރާއްޖެއަށް އެސްޓްރާޒެނެކާ ބްރޭންޑް ގެ ބޭސްތައް ތައާރަފްކުރި އެވެ.

އަދި އެ ބްރޭންޑްގެ ބޭސްތަކުގެތެރެއިން، ހަކުރުބަލީގެ ދެވަނަ ސްޓޭޖްގެ ބަލިމީހުންނަށް ފަރުވާކުރުމަށް ހާއްސަ ބޭސް ތަކުގެ ތެރެއިން އެއްބޭހަކީ ލޭގައި ހިމެނޭ ގުލޫކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް މުހިއްމު ރޯލެއް އަދާ ކުރާ ބޭހެއްކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ފާހަގަކުރި އެވެ.

100 އަށް ވުރެ ގިނަ ސީއްހީ ދާއިރާގެ މަސައްކަތްތެރިން ބައިވެރިވި މި ކޮންފަރެންސްގައި ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ކަމަށްވާ ޑރ. މުހައްމަދު ސިރުހާން، ޑރ. އިބްރާހިމް ޝިހާމް، އަދި ޑރ. ޝަނީޒް ނަޖްމީ ވަނީ ހަކުރު، ކިޑްނީ، އަދި ހިތުގެ ބަލިތަކާއި ބެހޭ މުހިއްމު މައުލޫތުތައް ކޮންފްރެސްގައި ހިއްސާކޮށްފައިކަމަށްވެސް ބުނެފައިވެ އެވެ.

your imageއެސްޓީއޯއިން ކުރިއަށް ގެންދިޔަ ކޮންފަރެންސް: ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ މެޑިކަލް ސާވިސަސް އަކީ އަބަދުވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދާއިރާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދީ ދާއިރާ ކުރިއެރުވުމަށް ގިނަގިނަ މަސައްކަތްތަކެއް ކުރަމުން އަންކުންފުންޏެއް.

އެސްޓީއޯ މެޑިކަލް ސާވިސަސް ގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ފެންވަރު ރަނަގަޅު ބޭހާއި ވަސީލަތްތައް ފޯރު ކޮށްދީ ސިއްހީދާއިރާގެ ފެންފަރު އިތުރައް ކުރިއެރުވުމެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް