އެ ޕާޓިން މިއަދު އެޗްއާރުސީއެމަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ ޖަމީލުގެ ހަށިގަނޑުގައި ނޫފައިގެންފައިވާ ތަންތަނާއި އަނިޔާގެ ނިޝާންތައް ކަމަށް ބެލެވޭ ގިނަ ތަންތަން ހުރުމާއި ޖަމީލު ނިޔާވީ ކަރެކްޝަންގެ އޮފިސަރުން އަނިޔާކޮށް ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުންކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ.
ޖަމީލުގެ މި މަރުގައި ޝައްކުކުރެވޭ ކިތަންމެ ކަމެއް ހުރުމާއިއެކު މި މައްސަލާގައި އެއްވެސް ފަރާތެއް އިހްމާލެއް އޮތްތޯ ބަލާދިނުމަށް ދަ ޑިމޮކްރޮޓްސް ވަނީ އެދިފައެވެ. އަދި ޖަލު ބަލަހައްޓާ އޮފިސަރުން ޖަމީލަށް އަނިޔާކޮށްފައިވޭތޯއާއި ބޭސްފަރުވާ ހިމެނޭހެން ގާނޫނުތަކާއި ގަވައިދުތަކުން ކަށަވަރުކޮށްދޭ އެންމެހައި ހައްގުތައް ބަންދުކޮށްފައި ހުރި މުއްދަތުގައި ޖަމީލަށް ފުރިހަމައަށް ލިބިދީފައިވޭތޯ ބަލާދިނުމަށްވެސް ދަ ޑިމޮކްރޮޓްސް ވަނީ އެދިފައެވެ.
ޖަލުގައި ނިޔާވި ޖަމީލިގެ މައްސަލަ ފުރިހަމައަށް ތަހުގީގުކުރަން ޖެހޭކަމަށް ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހުންނެވި ރައްޔިތުން މަޖލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނީ ޖަމީލު ނިޔާވެފައިވަނީ އޭނާ ހުންނަ ގޮޅޫގައި ނަމާދުކުރަން ސަޖިދާގައި ވަނިކޮށްކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން މުހައްމަދު ޖަމީލަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.