ކުރީގެ ސީއެޗްއެސްސީ އިމާރާތުގައި އަލުން އޭލެވަލަށް ކިޔަވާދޭން ފަށަނީ
މުހައްމަދު އާދަމް އަހްމަދު
30 ޖޫން 2024 - 16:26:57
ކުރީގެ ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިމާރާތުގައި އަލުން އޭލަވެލަށް ކިޔަވާދޭން ފަށާނެކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ހާއްސަ ކުރެވިފައިވާ (ސީއެޗްއެސްއީ) ހުޅުމާލެއަށް ބަދަލުކޮށް ކިޔަވާދޭން ފެށީ މިދިޔަ ސަރުކާރުންނެވެ. އޭރު ސީއެޗްއެސްސީ ހުޅުމާލެއަށްް ބަދަލުކުރީ ސީއެޗްއެސްސީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެސްކޫލު މިހާރު ހުރި އިމާރާތުގައި އަށް ބުރީގެ އިމާރާތެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.
ތައުލީމީ ވަޒީރު ޝަފީއު ވިދާޅުވީ ފުރަމާލޭގައި ދިވެހިރާއްޖޭގައި އެންމެ ގިނަދަރިވަރުން ކިޔަވަމުންދާ ރަށްކަމަށެވެ އަދި މި މިހިނގާ 2024ވަނަ އަހަރު ގްރޭޑް 10ގައި 1700 ދަރިވަރުން ފުރަމާލޭގައި ކިޔަވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލޭގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރީގެ ސީއެޗްއެސްސީގެ އިމާރާތުގައި މިއަގަރު ކިޔަވާދޭން ފަށާނެކަމަށެވެ.
" މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީ.އެޗް.އެސް.ސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެވާހަކަ ދަންނަވަން." ވަޒީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.
ވަޒީރު ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާއިމާރާތެއް މާލޭގައި ބިނާކުރެވޭނެކަމަށެވެ. އަދި ފުރަމޭލޭގައި އޭލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ސީ.އެޗް.އެސް.ސީ އަށް އެއްވެސް ބަދަލެއް ނާންނާނެކަމަށްވެސް ވަޒީރު ޝަފީއު ވިދަޅުވިއެވެ.
" ފުރަމާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މިހާރަށްވުރެ ކުޑަކުރެވޭނެ." ތައުލީމީ ވަޒީރު ޝަފީއު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން އަލަށް އެޅި ސީއެޗްއެސްސީގައި ކިޔަވާދޭން ފެށީ ދިރާސީ އައު އަހަރުއެވެ. ސީއެޗްއެސްސީގެ އާއިމާރާތް ހުންނަނީ ހުޅުމާލޭ ފޭސް އެކެއްގައ ހުންނަ ސިންތަޓިކް ޓްރެކުގެ ފުރަގަހުގައިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް