ads
ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގުގައި މަސް ގަތުމަށް ނިންމައިފި
ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގުގައި މަސް ގަތުމަށް ނިންމައިފި
ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގުގައި މަސް ގަތުމަށް ނިންމައިފި އެވެ.
Advertisement

މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރެވުނު މަސައްކަތުން އަންނަ މަހުގެ އެއްވަނަ ދުވަހު ދެވިގެންދާނެ ކަމަށެވެ.

މިފްކޯ އިން ބުނީ އެ ކުންފުނިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށް ފަހު ލިބޭ އާމްދަނީ އަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާ އާއި މަސް ގަނެ ޕްރޮސެސްކޮށް ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރު ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައި ވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައި އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައި ކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ. 

"އެކެއް ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގައްގައި. މި އަގު ކޮންމެ ހަފްތާއަކު އާންމުކޮށް މިފްކޯއިން އިއުލާން ކުރަމުން ގެންދާނެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި މިހާރު މަސް ކިލޯއެއްގެ އަގު އުޅެނީ 18-20 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

"މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައެވެ." އެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނީ، މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާ ގުޅިގެން އަޅަމުންދާނެ ކަމަށެވެ.

މިފްކޯއިން އެ އިއުލާންކުރީ މިފްކޯއިން މަސް ގަންނަ އަގު މުރާޖާކުރަން ނިންމައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުދަ ދުވަހު އިއުލާން ކުރި ފަހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް