ads
އިންގްލަންޑް ކުޅުންތެރިން
އިޓްސް ކަމިން ހޯމް: އިންގްލަންޑް ކުއާޓާއަށް
ފަހަތުން އަރައި ސްލޮވީކިއާ ބަލިކޮށް ޔޫރޯގެ ކުއާޓާ ފައިނަލުން އިނހިރޭސިން ފުރުސަތު ހޯދައިފިއެވެ.

މެޗުގެ ފަހު ވަގުތު ބެލިންހަމް ޖެހި މޮޅު ގޯލާ، އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ކެޕްޓަން ހެރީ ކޭން ޖެހި ލަނޑާއެކު އިގިރޭސިން މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. 

ސްލޮވާކިއާ އިން ލީޑުގައި އޮވެ، އިންގްލެންޑް ބަލިވާން މިނިޓަކަށް ވުރެ ކުޑަ ވަގުތުކޮޅެއް އޮއްވައި، ބެލިންހަމް އެ ޓީމަށް އެއްވަރުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައެވެ. 

މެޗުގެ ފުރިހަމަ ވަގުތު، ދެ ޓީމު 1-1 އިން އެއްވަރުވުމުން، ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންގްލަންޑް މޮޅުކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް