ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ކުށް ކުރާ ކުދިންނަށް ފަރުވާދިނުމަށް "އިސްލާހީ މަރުކަޒެއް" ހަދަނީ
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ
Advertisement

ރައީސް އޮފީހުން ބުނީ ރައީސް މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުކަމަށެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ހުށައެޅުއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީކަމަށްް ރައީސް އޮފީހުން ބުނެއެވެ. އަދި މި މަރުކަޒު ހަދަން ރައީސް ނިންމެވީ އެ މިނިސްޓްރީން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުކަމަށްވެސް އެ އޮފީހުން ބުނެއެވެ. 

މި މަރުކަޒު ހަދާނީ މީހުން ދިރިނޫޅޭ ވަކި ރަށެއްގައެވެ. އެހެންނަމަވެސް އެ ރަށަކީ ކުރިން މީހުން ދިރިއުޅެފައި، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

މި މަރުކަޒު ފަރުވާދޭނީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށެވެ. އަދީ މިތަން ހަދަނީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ" ގެ ގޮތުގައިކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

ރައީސް އޮފީހުން ބުނީ ހޯމްް މިނިސްޓްރީ ވަޒީރުންގެ މަޖލީހަށް ހުށައެޅި ކަރުދާހުގައި މިފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް ހިމަނާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް