ނާޒިމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މި ބިލް ރައްޔިތުން މަޖިލިހަށްް ހުށައެޅުއްވީ ޕީއެންސީގެ މެމްބަރު ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއެވެ.
މި ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ ލޯކަލް ކައުންސިލްގެ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން އެ ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތިކަމަށެެވެ. އަދި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި މިއަހަރުވެސް 2.2 ބިލިއަން ރުފިޔާ ސަރުކާރުން ކައުންސިލްތަކަށް ދޭކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ އިގްތިސާދު މިހާ ދަތިވެފައިވާ އޮތް ވަގުތެއްގައި ބައެއް އަތޮޅު ކައުންސިލްތަކުން ޗުއްޓީތަކާއި ދިމާކޮށް ބޭރު ދަތުރުތައް އެެޅުމަށްް ތައްޔާރުވަމުންދާކަމަށެވެ.
ނާޒިމް ވިދާޅުވީ ކައުންސިލްތަކުގެ ގާނޫނަށް ގެނަން ޖެހޭ އިސްލާހެއް ގެނެސްގެން ނަމަވެސް ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުންވެސް އެއްގޮތް ކުރައްވާނެކަމަށެވެ. އަދި މަޖިލިހަށް ޕީއެންސީ މެމްބަރުން އައިސް ތިބީ ނަތީޖާ ނެރެންކަމަށާއި އެކަން ކުުރާކަން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ދައްކާފައިވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.