އެރަށުގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މައްސަލައެއް އިއްޔެ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގއ. ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުންނެވެ.
މި މައްސަލައާ ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ، މާރާމާރީގައި އަނިޔާވީ 46 އަހަރުގެ އަންހެނަކަށް ކަމަށާއި ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.