ads
ކަރެކްޝަންގެ އޮޕަރޭޝަން ބަލާލަން އިހްސާން ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ކަރެކްޝަން އޮޕަރޭޝަން ބަލާލަން އިހްސާން ޖަލަށް
މާފުށި ޖަލަށް ގާނޫނާއި ހިލާފަށްް ތަކެތި ވައްދާ މައްސަލާގައި ސަލާމަތީ ބާރުތަކާއި ކަރެކްޝަން ގުޅިގެން ހިންގާ އޮޕަރޭޝަންގެ ކަންކަން ބެއްލެވުމަށް ދާހިލީ ސަލާމާތާއި ހިދުމަތްތަކާއި ބެހޭ ވަޒީރު އަލީ އިހުސާން ޖަލަށް ވަޑައިގެންފިއެވެ.
Advertisement

ޖަލުގައި ތިބޭ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި، ރިޝްވަތު ނައިގެން ފޯރުކޮށް ދެމުން ދިޔަ މައްސަލައިގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްސްގެ 13 އޮފިސަރުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެތެރެއިން ތެރެއިން 11 އޮފިސަރަކު ޝަރީއަތް ނިމެންދަން ބަންދު ކުރަން އަމުރުކޮށްފި އެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން 5 ދުވަހަށް އަދި އަނެއް 11 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެެވެ.

އޭގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ މާފުށިން ކަަމަށް ފުލުހުން ބުނިއިރު، ކާށިދޫން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އުތީމުންނާއި މާލެ އިން ވެސް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެެވެ.

އެ ހުރިހާ އޮފިސަރުން ހައްޔަރުކުރުމަށްފަހު، އެ މީހުން ދިރިއުޅެމުންދިޔަ ތަންތަން ވަނީ ބަލައިފާސްކޮށްފަ އެވެ.

your imageކަރެކްޝަންގެ އޮޕަރޭޝަން ބަލާލަން އިހްސާން ޖަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން 

މި މައްސަލައިގައި 18 ކަރެކްޝަންސް އޮފިސަރުން ހިމެނޭ ކަމަށާއި އެ އޮފިސަރުންގެ އެކައުންޓަށް މިދިޔަ އަހަރު އެކަނި ވެސް 73.3 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވެފައިވެ އެވެ.

އެއް އޮފިސަރެއްގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، އެ ފައިސާ ޖަމާކޮށްފައި ވަނީ ކުދި އަދަދުތަކުން ކަމަށް ވެސް އިހްސާން ވަނީ ވިދާޅުވެފައެވެ.

މާފުށީ ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް ހިފެހެއްޓިއިރު ޖަލު އޮފިސަރުން އެކަމަށް އެހީތެރިވާ ކަމަށް އަބަދުވެސް ދެކެވެ އެވެ. އެކަމަކު އެކަމުގެ ތުހުމަތުގައި އޮފިސަރުންގެ ބޮޑު ނެޓްވޯކެއް ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް