ads
ގަވަރުނަރު ހާޝިމް
ގަވަރުނަރު ހާޝިމް ވަކިކުރަން ރައީސްއަށް ލަފާދޭން ފާސްކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސް ޑރ މުހައްމަދު މުއިއްޒަށް ލަދާފޭން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.
Advertisement

ކޮމެޓީން މިގޮތަށް ފާސްކޮށްފައި މިވަނީ ގަވަރުނަރު އަލީ ހާޝިމް ޒިންމާ އަދާކުރާތަނެއް ނުފެންނަކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދުގެ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ. 

ގަވަރުނަރު ހާޝިމް މަގާމުން ވަކިކުރަން ކޮމެޓީއަށް ހުށައެޅީވެސް މެމްބަރު ނާޒިމެވެ. މި ހުށައެޅުމަށް ކޮމެޓީގައި އިންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި އެހެން ހުރިހާ މެންބަރުން ތާއީދު ކުރިއެވެ.

ހާޝިމް ވަކިކުރަން ކޮމެޓިއަށް ހުށައަޅަމުން ނާޒިމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅާކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހެމުންދާމަށްވެސް ނާޒިމް ވިދާޅުވިއެވެ. 

މީގެއިތުރުން ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަކޮށްފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް ވިދާޅުވީ މީ އެމްއެމްއޭގެ ފަރާތުން މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަންޖެހޭ ނަމަ އެކަން ކުރަން ޖެހޭ ވަގުތުކަމަށެވެ. އަދި އެކަމަށް އެމްއެމްއޭ ހިންގުމަށް "ތާޒާ އާރޯ ލީޑާޝިޕެއް" ބޭނުންވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މިއަދު ނާޒިމް ވިދާޅުވީ މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާއި ހަވާލުކުރެވީފައިވާ މަސްއޫލިއްޔަތެއް ނަމަވެސް އެ މަސްއޫލިއްޔަޔު ގަވަރުނަރު އަދާކުރާތަން ނުފެންނަކަމަށެވެ. 

" މި ސަރުކާތު ވެރިކަމާއި ހަވާލުވެގެން މިވީ 7 މަސްދުވަހުގެ ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލިބިފައެއް ނުވޭ. އަދި މި މަޖިލިހަކަށްވެސް ލިބިފައެއް ނުވޭ." މަޖިލީހުގައި ނައިބު ރައީސްކަން ކުރައްވާ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ވަނަދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް