ads
މާލޭ ސަރަހައްދުގައި 3 ފުލޫ ކްލިނިކް ހުޅުވައިފި
ވައިރަލް ހުމާއި ރޯގާ އިތުުރުވެ ފެތުރެމުންދާތީ މާލޭ ސަރަހައްދުގައި 3 ފްލޫ ކުލިނިކް ހުޅުވައިފިއެވެ.
Advertisement

ހެލްތް މިނިސްޓްރީން ބުނީ ފްްލޫ ކްލިނިކްތައް ހުންނާނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ އަދި ވިލިމާލޭގައިކަމަށެވެ.

މި ފްލޫ ކްލިނިކްތައް ޤާއިމްކުރުމުގެ މަޤްސަދަކީ، މިއީ ހައްޖުވެރިން އެނބުރި އަންނަމުންދާ ދުވަސްވަރަކަށްވާތީ، އާންމު ސިއްހަތަށް ރައްކާތެރިކަން ދިނުމުގެ ގޮތުންކަމަށެވެ.

ހައްޖަށް ފަހު އެނބުރި އަންނަ ހައްޖާޖީންގެ ތެރެއިން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމައި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު މި ކްިލިމނިކްތަކުގައި ހަމަޖެހިފައިވާނެކަމަސް ހެލްތް މިނިސްޓްރީން ބުނެއެވެ. 

ހުމާއި ރޯގާ ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ހައްޖުން އެނބުރި އަންނަ  އެއްވެސް ހައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ މި ކްލިނިކްތަކުގެ ބޭނުން ހިފުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ހުމާ ރޯގާ ޖެހޭ މީހހުންގެ އަދަދު އިތުރުވަމުންދާނަމަ އެހެނިހެން ސަރަޙައްދުތަކާއި އަތޮޅުތަކުން މި ހިދުމަތް ދިނުމަށް ސިއްހީ ދާއިރާ އޮތީ ތައްޔާރަށްކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ. 

ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން 3 ވަނަ ގުރޫފް މިއަދު ރާއްޖެ އަންނާނެއެވެ. މިއަދު އަންނަނީ 316 ހާޖީީންނެވެ. 

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1150 މީހުންގެ ތެރެއިން ބާކީ ތިބި އެންމެން ރާއްޖެ އަންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ އެކަކު މައްކާގައި ނިޔާވިއިރު ހައްޖު ނިންމާފައި ރާއްޖެ އައިފަހުންވެސް އެކަކު ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ރާއްޖެއިން އާއްމުކޮށް ނުފެންނަ ނުރައްކާތެރި ބައްޔެއްގައި ފަރުވާދެެމުން ދަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް