ads
ދިވެހި އަންހެން ހޭންޑް ބޯލް ޓީމް ބޭރުގެ މުބާރާތެއްގައި ފޮޓޯ: ގޫގުލް
އިންޓައޮފީސް ހޭންޑްބޯލް މުބާރާތް އަންނަ މަހު
އިންޓައޮފީސް ހޭންޑްބޯލް މުބާރާތް އަންނަ މަހު ބާއްވަން އިއުލާންކޮށްފިއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނި ގޮތުގައި ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ 08 ވަނަ ހޭންޑްބޯޅަ މުބާރާތް، 15 އޯގަސްޓް 2024 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. 

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 25 ޖުލައި 2024 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ.

މި މުބާރާތް ކުރިއަށްދާނީ ދެ ކެޓަގަރީން ކޮންމެ ކެޓަގަރީއަކުންވެސް ދެ ޑިވިޝަނެވެ. އެއީ އަންހެން އަދި ފިރިހެންވެސް އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނެވެ. އެކަމަކު ކޮންމެ ޑިވިޝަނެއްވެސް އޮންނާނީ މަދުވެގެން ތިން ޓީމު ބައިވެރިވާނަމައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް