ޔުއެފާއިން ތަހުގީގު ކުރަމުން އަންނަނީ ސީދާ ކޮން މައްސަލައެއްކަން އަދި ނޭނގުނު ނަމަވެސް މިއީ ރޭ އިންގްލަންޑާ ސްލޮވީކިއާ ކުޅުނު މެޗުގެ ތެރޭގައި ހިނގައި ދިޔަ މައްސަލައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ރޭގެ މެޗުގައި ޖޫޑް ބަލިންހަމްގެ މޮޅު ގޯލަކާއެކު އިންގްލަންޑްވަނީ ސަލާމަތްވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ބަލަމުން އަންނަނީ ސަޕޯޓަރުންނާ ދިމާއަށް ވައްތަރެއް ޖެއްސި މައްސަލައެވެ. މި މައްސަލައާ ގުޅިގެން ބަލިންހަމްއަށް ފިޔަވަޅެއް އަޅާނެ ކަމަށް ބެލެވިފައިވާއިރު އަންނާނީ ސަސްޕެންޝަނެއް ކަމެއް ނުވަތަ ޖޫރިމަނާއެއް ކަމެއް ޔަގީނެއް ނުވެއެވެ. އެކަމަކު މި ފަދަ މައްސަލަތަކުގައި މީގެ ކުރިން ޖޫރިމަނާގެ ފިޔަވަޅުތައް އަޅާފައިވާތީ މި ފަހަރުވެސް އެ ފަދަ ފިޔަވަޅެއް އެޅުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންގްލަންޑްވަނީ ޔޫރޯގެ ކުއާޓާ ފައިނަލަށް ކޮލިފައިވެއެވެ. ކުއާޓާ ފައިނަލްގައި އިންގްލަންޑް ކުޅޭނީ ސްވިޒަލަންޑާއެވެ.