ads
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް
ރާއްޖޭގައި އާބާދި އިތުރުކުރަން ބޭނުންކުރާ އާލާތްތަކުގައި ހުރީ ކެޕު އަޅުވާފައި: ނާސީމް
ރާއްޖޭގައި އާބާދީ އިތުރުކުރަން ބޭނުން ކުރާ އާލާތަކުގައި ހުރީ ކެޕު އަޅުވާފައިކަމަށް ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިބްރާހީމް ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި 10 ވަނަ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ މެމްބަރު ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ދައުރަކުން ދައުރަކުން އިތުރުނުވާ ގޮތަށް ހިފަހައްޓަން ފެނޭތޯ ބަލަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާއު ހުށަހަޅުއްވާފައިވާ ގަރާރަށް ތާއީދުކޮށް ވާހަކަދައްކަވަމުންނެވެ.

ނަސީމް ވިދާޅުވީ އާބާދީ އިތުރުކުރުމަށް ހައްލެއް އަންނަން ޖެހޭނަަމަވެސް އެކަން ހައްލުކުރުމަކީ ފަސޭހައިން ތިބެލާފައި ކުރެވޭނެކަމެއް ނޫންކަމަށެވެ. އެގޮތުން ނަސީމް ވަނީ ދުނިޔޭގައި އާބާދީ ބޮޑު ގައުމުތަކުގަ އެކަން ހުރިގޮތާއި އަދި އެންމެ ބޮޑެތި ޑިމޮކްރެސީތަކުގައި އެކަން ހުރިގޮތާއި އަދި ރާއްޖެއާއި އާބާދީގެ ގޮތުން އެންމެ އެއްހާމާގައި އެކަން ހުރިގޮތުގެ މައްޗަށް އޭނާ ބަލާލާފައިވާނެކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ މައިގަނޑު ސަބަބަކީ ފައިސާގެ ތާށިކަން އުޅޭތީކަމަށާއި ރާއްޖޭގެ އާމްދަނީއަށް ވުރެ މާބޮޑަށް ހަރަދުކުރެވޭގޮތައް އަންނާތީކަމަށެވެ.

"ދުނިޔޭގެ އާބާދީގެ ގޮތުން ރާއްޖެއާ އެންމެ ކައިރީގައި، ރާއްޖެ މެދަށް ލާފަ މައްޗަށް ދެގައުމު ކުރިއަށް ދެގައުމު ލާފައި ބަލާލީމަ، ރާއްޖޭގައި މައްޗަށް މި އޮންނަނީ ވޮލްޓާ، ވޮލްޓާގެ އާބާދީއަކީ 536،000 ، ރާއްޖޭގައި މިއުޅެނީ 515،000، އެ ގައުމުގައި ރައްޔިތުންގެ މަޖިލިހުނެ މެންމަބަރުން 79 ތިބީ، މިއީ ރާއްޖެއާ އެންމެ ކައިރި ކުރާ ގޮތައް އޮތް ގައުމު، އެއީ ކޮންމެ 6،794 ރައްޔިތަކަށް މެމްބަރެއް، ދެން އޮތީ މައިކްރޯނޭޝިއާ ، އެތަނުގަގެ އާބާދީއަކި 549،000، އެތަނުގެ ރައްޔިތުންގެ މަޖިލީހުގައި ތިބީ އެންމެ 14 މެމްބަރުން އެއީ 39،000 ރައްޔިތަަކަށް މެމްބަރެއް" ނަސީމް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖެގެ ތިރިއަށް އޮތް ބްރޫނާއީގެ އާބާދީ އަކީ 455،000 ކަމަށްވާއިރު އެތަނުގަ ރައްޔިތުންގެ މަޖިލީހުގައި ހުރީ 37،000 މެމްބަރުން ކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން އެއީ 12،320 ރައްޔިތަކަށް މެމްބަރެކެވެ. އެއަށްފަހު ބަހާމާސްއަށް ބަލާލިނަަމވެސް ބަހާމާސްގެ ޖުމްލަ އާބާދިއަކީ 415،000، ކަމަށާއި އެތާންގައި ތިބީ 39 މެމްބަރުން ކަމަށް ނަސީމް ދިރާސާއަށް ބައްލަވާލެއްވުމަށްފަހު ވިދާޅުވި އެވެ. އެއީ 10،600 ރައްޔިތަކަށް މެމްބަރެއް ކަމުން އެހުރިހާ އެއްޗަކުން އެނގެނީ ރާއްޖެގައި ނިސްބަތުން އެކަން އޮތީ ތަންކޮޅެއް ގޯސްކޮށްކަމަށް ނަސީމް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު ބަލާލީ މުއްސަނދި ގައުމުތަކުގަ މިކަން ހުރިގޮތް، މުއްސަނދިވެގެން ކުރަންޏާ ކުރާނެ ގައުމުތަކުން، ދުނިޔޭގެ އެންމެ މުއްސަނދި ގައުމަކަށް ފާހަގަކުރެވިފައި ވަނީ ލަގްޒެމްބާގް. އާބާދީއަކީ 653000، 60 މެމްބަރުން ތިބީ އެއީ 10،800 ރައްޔިތަަކަށް މެމްބަރެއް، ދެވަނައަށް އެންމެ މުއްސަނދިކޮށް މިއޮތީ އަޔަލޭންޑް، އަޔަލޭންޑްގައި އެބަ އުޅޭ 5 މިލިއަން ރައްޔިތުން، އެތާގައި ތިބީ 160 މެމްބަރުން އެއީ 31،000 ރައްޔިތަަކަށް މެމްބަރެއް. 3 ވަނާގައި މިއޮތީ ސްވިޓްޒާލޭންޑް، ސްވީޑްޒާލޭންޑްގައި އެބައުޅޭ 8.8 މިލިއަން މީހުން، 246 މެމްބަރުން ތިބީ އެއީ 35،000 ރައްޔިތަކަށް މެމްބަރެއް، މިހުރިހާ ތަފާސްހިސާބުތަކަށް ބަލާލާއިރުގަ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުވާން ޖެހޭކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަ ޖެހޭ" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުން މަސައްކަތް ކުރަމުން ދިޔައިރުގައި، އެކަމާ ގުޅޭ ވަަރަށް ގިނަ މަޝްވަރާތައްވެސް ކުރެވުނު ކަަމަށާއި އޭރުގެ މަޝްވަރާތަކުގައި މެމްބަރުން ހިފެހެއްޓުމުގެ ވިސްނުން ވަރަށް ބޮޑަށް ގެންގުޅުއްވިކަމަށް ނަސީމް ފާހަގކުރެއްވިއެވެ. އެހެންނަމވެސް އެކަން ދިޔައީ ފަނުފުލުން ކަމަށާއި އޭރުގަ ފެނުނު ހިސާބެއްގެ ސަބަބުން، ރާއްޖޭގެ ގްރޯތް ރޭޓް ފެނުނީ ވަރަށް ދަށްކޮށް ކަަމަށް ނަސީމް ވިދާޅުވި އެވެ. 

މީގެއިތުރުން އެއީ ރާއްޖޭގައި އެއިރު އޮތް ގްރޯތް ރޭޓަށް ބަލާއިރުގައި އެވަރަށް މެމްބަރުން އިތުރުވަމުން ދާނެކަމަށް އެއްގޮތަކަަށްވެސް ވިސްނިވަޑައެއް ނުގެންނެވިކަމަށާއި އެއީ އ އެއިރުގަ ހިސާބުތައް ބެލިރުގައި ރާއްޖޭގެ އާބާދީ އޮތީ ވަރަަށް ބޮޑަށް ކޮންޓްރޯލްކޮށްފައި ކަމަށް ނަސީމް ވިދާޅުވި އެވެ. 

"އިނާމުދެމުން ގެންދިޔަަ އަދި އާބާދީ ކޮންޓްރޯލް ނައްޓަފާނެކަމަށް ދެމަ ފިރިއަކު ހަމަޖެހިލާގެން ވާހަކަނުދެއްކޭނެ ގޮތައް، އާއިލާ ބިނާކުރަން ވާހަކަ ނުދެއްކޭނެގޮތައް ތޮށްޖައްސާ އެއްކޮޓަރިއެއްގައި ބައިވަރު މީހުން ނިންދަވަމުން ގެންދިޔަ، ރީތި ދިވެހި ބަހުން ދަންނަވަންޏާ އާބާދީ އިތުރުކުރަން ބޭނުން ކުރާ އާލާތްތަކުގަ ކެޕު އަޅުވާފައި ހުރީ" ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީ އަސްލު ކުރިއަށްދަނީ ކެޕު ނައްޓާލީމަ ކަމަށާއި އާބާދީ ބޮޑުވާން ޖެހޭ ގައުމެއް ވެއްޖެއްޔާ ހުންނަނީ ހިސާބުތައް ދިމާނުވެގެން ކަމަށް ނަސީމް ވިދާޅުވި އެވެ. އަދި 19 މަޖިލީހުންވެސް އެއީ ކުރަން ޖެހޭކަމެއްކަން ގަބޫލުކޮށް މަޝްވަރާތައް ކުރެވުނުކަމަށް ނަސީމް ފާހަގކުރެއްވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް