އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބު އަންނަ މަހުގެ 2ގައި ބާއްވަން ނިންމާ މަގާމުތަކަށް ކުރިމަތިލުމަށް އެޕާޓީން އިއްޔެ ވަނީ ހުޅުވާލާފައެވެ.
ގައުމީ މަޖިލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް ކުރިމަތިލާކަން އިއުލާންކުރައްވާ އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަގާމަށް ކުރިމަތިލާނީ އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ބައިވެރިވުމާއި އެކުކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން 26 މަގާމަކަށްް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެމްޑީޕީން ބުނީ ގައުމީ މަޖިލީހަށް ކުރިމަތިލެވޭނީ 1 ޖުލައި 2024 އާއި ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުގައި ވާ ފަރާތްތަކަށެވެ. އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަށް ވާންޖެހޭނެކަމަށްވެސް އެޕާޓީން ބުނެއެވެ.
ގައުމީ މަޖިލީހުން ހުސްވެފައިވާ ދާއިރާތައް
މިމަގާމްތަކަށް ކުރިމަތި ލާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު މިމަހުގެ 7 ވަނަދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށައަޅަންޖެހޭނެކަމަށްް އެމްޑީޕީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;