ads
ޔޫރޯގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަ ތުރުކީއަށް
ކުއާޓާގެ ފަހު ޖާގަ ތުރުކީއަށް
ޔޫރޯގެ ކުއާޓާ ފައިނަލްގެ ފަހު ޖާގަ ތުރުކީން ހޯދައިފިއެވެ.

ތުރުކީ، ކުއާޓާއަށް ދިޔައީ، ދެވަނަ ބުރުގެ ފަހު މެޗުގައި ރޭ، އޮސްޓްރިއާ ބަލިކޮށްގެންނެވެ. އޮސްޓްރިއާ އަތުން ތުރުކީ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މިއީ، 2008 ވަނަ އަހަރުގެ ފަހުން ތުރުކީއަށް މުބާރާތުގެ ކުއާޓާއަށް ދެވުނު ފުރަތަމަ ފަހަރެވެ. 2008 ވަނަ އަހަރު ތުރުކީ ކެޓީ ސެމީ ފައިނަލުގައި ޖަރުމަނު އަތުންނެވެ.

ރޭގެ މެޗާއެކު، ދެވަނަ ބުރުގެ މެޗުތައް ނިމި، ކުއާޓާގެ ހުރިހާ ޓީމެއް ކަށަވަރުވީއެވެ.

ކުއާޓާ ފައިނަލް މެޗުތައް:

ސްޕެއިން - ޖަރުމަނު

ފްރާންސް - ޕޯޗުގަލް

ނެދަލެންޑްސް - ތުުރުކީ

ސްވިޒަލެންޑް - އިންގްލެންޑް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް