ads
ސައިކަލްތަކުގައި ރޯކޮށްލި އަލިފާން ނިންވާލުމުގެ މަސައްކަތުގައި ފަޔާ އެންޑް ރެސްކިއު ޓީމު މަސައްކަތްކުރަނީ
ސައިކަލު ރޯކޮށްލި މީހާ ދައުލަތުން އެދިގެން "ވާނުވާ" ބަންދަށް
ރައްޔިތުން މަޖިލިސް ހިމެނޭ ގްރީން ޒޯނުގައި ހުރި ސައިކަލުތަކެއްގައި މިދިޔަ މަހު ކުރީކޮޅު ރޯކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ، ދައުލަތުން އެދިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
Advertisement

މަޖިލިސް އިދާރާކައިރީ ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ނަމަކީ، ފައިރޫޒު އިބްރާހީމްއެވެ. 

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އެންމެ ފުރަތަމަ ބަންދު ކުރީ މަސް ދުވަހަށެވެ. އެ މުއްދަތު ހަމަވީ މިއަދަށެވެ. އެ މުއްދަތު މިއަދަށް ހަމަވެގެން، އަލުން އޭނާ ކޯޓަށް ހާޒިރުކޮށް އޭނާވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލަ އަދި ޝަރީއަތަކަށް ނުފޮނުވައެވެ.

ސައިކަލުތަކުގައި ރޯކޮށްލި މައްސަލަ އަދި ޝަރިއަތަށް ފޮނުވާފައި ނެތްނަމަވެސް، އެ މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރީ ދައުލަތުން އެދިގެންނެވެ. އޭނާގެ މައްސަލަ ފުލުހުން މިހާރުވަނީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ. ފައިރޫޒް، ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކުރީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދެވެ.

އަލިފާން ރޯކޮށްލުމުގެ ސަބަބުން ހަތް ސައިކަލަކަށް ގެއްލުން ލިބިފައިވާކަމަށާއި މީގެތެރެއިން ތިން ސައިކަލް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް