ads
ސައިބަ ކްރައިމް ކުށަކަށް ހަދަނީ
ހެކްކުރުމާއި ސައިބާ ކްރައިމް ގާނޫނުލްއުގޫބާތުގައި ކުށަކަށް ހަދަނީ
ސައިބާ ކްރައިމްގެ ކުށްތަކާއި ހުއްދަނެތި އިލެކްޓްރޯނިކް ޑިވައިސްތަކަށް އެކްސަސްވުން ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް އަލުން އިސްލާހު ހުށައަޅައިފިއެވެ.
Advertisement

ގާނޫނުލްއުގޫބާތަށް އިތުރު ކުރާ ކުށްތަކުގެ އިސްލާހަކީ މިިދިޔަ 19 ވަނަ މަޖިލީހުގައި ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި އިސްލާހެކެވެ. އެހެންނަނަމެވެސް 19 ވަނަ މަޖިލީހުގެ ދައުރު ހަމަވިއިރު މި ބިލާއި މެދު ގޮތެއް ނިންމިފައެއް ނުވެެއެވެ. 

މި އިސްލާހު އަލުން މިހާރުގެ މަޖލީހަށް ހުށަހެޅުއްވީ މާފުށީ ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ރިޒާ އެވެ.

އިސްލާހުގައި ހިމަނާފައިވާ ކުށްތައް  

  • ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން
  • ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން
  • ހުއްދަ ނެތި ކޮމްޕިއުޓަ ޑޭޓާ އިންޓަސެޕްޓް ކުރުން
  • ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އިންޓަފިއާ ކުރުން
  • ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން
  • ސައިބާ ވަޔަލަންސްގެ އަމަލުތައް ހިންގުން
  • ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
  •  ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
  • ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް

މި އިސްލާހުގައި ބުނާފަދަ ކުށަކަށް އަރައިގެންފި ނަމަ އަދަބެއްގެ ގޮތުން އެއް އަހަރަށް ވުރެ ދިގުނުވާގޮތަށް ޖަލަށް ޖެލޭގޮތަށްވެސް ހިމަނާފައި ވެއެވެ.

މި އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނުވަަތަ ގާނޫނަކުން ބާރު ލިބިގެން އެއިން އެއްވެސް އެއްޗަކަށް އެކްސެސް ވުމަކީ ކުށެއް ނޫންކަމަށް މި އިސްލާހުގައިވެއެވެ. 

ސައިބަ ކްރައިމްކުށްތައް ކުކަކަށް ހެދުމަށް އިސްލާހު ހުށަހެޅިއިރު، މިފަދަ އަމަލުތައް އިތުރުވެ ބްލެއިކްމެއިލް ކުރުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމާއި މީހުންގެ ޒާތީ މައުލޫމާތު އާއްމުކުރުމާއި ސްކޭމްތައް ހިންގުންފަދަ ކަންކަން މި ފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް