ads
މެންބަރު ސަލީމާއި ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު؛ ސަލީމް ވިދާޅުވީ އަމީރުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭކަމަށް ފޮޓޯ: މަޖިލިސް
ކުރީގެ މިނިސްޓަރު އަމީރު ހައްޔަރު ކުރަން ސަލީމް ގޮވާލައްވައިފި
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަކީ ގައުމަށް "ގައްދާރުވި" މީހެއް ކަމަށާއި، އޭނާ ހައްޔަރު ކުރުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިއަދު ގޮވާލައްވައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވި ގޮތުގައި އޭނާއަކީ ވޭތުވެދިޔަ ތިން ދައުރުގައި ވެސް މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެއް މެމްބަރެވެ. 

މިދިޔަ 19 ވަނަ މަޖިލިހުގައި މާލިއްޔަތު ކޮމިޓީ އަށް އަމީރު ވަޑައިގެންނެވުމުން "ތިވަރަށް ދަރަނި ނުނަގަން" އެދިވަޑައިގެން އާދޭސް ދެންނެވި ނަމަވެސް "ބޭނުން ވަރަކަށް ދަރަނި" ނަގާނެ ކަމަށް އަމީރު ވިދާޅުވެ ގޮންޖައްސަވާފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

އަވަށްޓެރި ސްރީ ލަންކާ ބަގުރޫޓުވުމުން އެކަމުގެ ޒިންމާވާ މީހުން ޖޫރިމަނާ ކުރި ކަމަށް ވިދާޅުވެ، ސަލީމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ޖޫރިމަނާކޮށްގެން އެކަނި މިކަން ބާއްވައިގެން ނުވާނެ އެވެ.

"އެހެންވީމަ މިއީ ގައުމަށް ޣައްދާރުވީ މީހެއް. ގައުމަށް ގައްދާރުވީ މީހެއްގެ ގޮތުގައި މީނާ ހިފައި ހައްޔަރުކޮށް އެބަޖެހޭ ޝަރީއަތަށް ފޮނުވަން. އެހެން ނޫން ނަމަ، ދެން އަންނަ ވަޒީރުން ވެސް މިގޮތަށް އަމަލު ކުރާނެ،" ޕީއެންސީގެ ފަރާތުން މަޖިލީހުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މި ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީއާ އެކު ގައުމަށް ބަދަލުތަކެއް ގެނައުން މުހިންމު ކަމަށާއި، ހަމައެކަނި ގާނޫނަށް ގެންނަ ބަދަލަކުން ކަންކަން މުޅިން އިސްލާހު ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވި ގޮތުގައި އެމްޑީޕީން ގަބޫލުކޮށްގެން ތިބީ މި ސަރުކާރުގެ ހަ މަސް ދުވަހުގެ ތެރޭގައި ގައުމުގެ ހާލަތު ވަރަށް ދަށު ދަރަޖައިގެ ހާލަތަކަށް ވެއްޓިގެންދާނެ ކަމެވެ. އަދި އެމްޑީޕީ އަށް ދެވަނަ ދައުރެއް ލިބުނު ނަމަ، ވިސްނައިގެން ތިބީ ގައުމުން ބައެއް ވިއްކާލާފައި ދަރަނި ނަގައިގެން ކަންކަން ފޫބައްދަން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް