މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ، މެންދުރު 12:30 އިން ފެށިގެން ހަވީރު 16:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަވުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
ކުރިޔަށް އޮތް ތިންދުވަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަ ކުރާނެ ކަމަށާއި، އަދި ރޭގަނޑަށް ބޯކޮށްވާރޭ ވެހުމުގެ ފުރުސަތު ބޮޑުކަމަށް މޭޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ހުދު ސަމާލު ނެރުމުގެސަބަބުން އެއްވެސް އިލްތިމާސް އެއްކުރަށް ވާފައި ނުވާ ކަމަށެވެ.