ads
މެރީ މަރާލި ކަމުގެ ތުހުމަތު ކުރާ ލަމްހާ އާއި މާވިން
މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އެސްވައި ސަލާމަތް ކުރާނެ ކަމަށް އެ މައްސަލާގެ ދައުވާ ލިބޭ މާވިންގެ ސިއްރު ލޯބިވެރިޔާ ހަލީމަތު ލަމްހާ ބުނި ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު މީހަކު ހެކިބަސް ދީފި އެވެ.
Advertisement

މާވިންގެ ސިއްރު ލޯބިވެރިޔާ ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. 

އައިޖީއެމްއެޗުގައި މަސައްކަތްކުރި މޭރީ އޮކްޓޫބަރު 2021 ގައި މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ބައިވެރިވެގެން މޭރީ މަރާލި ކަމަށް ބުނެ އެވެ. މާވިންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ.

މި މައްސަލައިގައި، ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން އެހެން ނަރުހަކު ކިޔައިދިން ގޮތުގައި މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެސްފައި އޮއްވައި، ލަމްހާ އެ ތަނަށް ގޮސް، މާވިން ސަލާމަތް ވާނެތޯ ބުނެ އޭނާއާ ސުވާލުކުރި އެވެ. 

މާވިންގެ ގައިގައި ވަކި އަޅާފައި ހުރި ނިޝާންތަކެއް ހުރުމުން އެ މައްސަލާގައި އޭނާ ސަލާމަތް ނުވާނެ ކަމަށް ލަމްހާ ބުނި ކަމަށާއި ފުލުހުންގެ އިސްވެރިންގެ ތެރެއިން ދަންނަ މީހަކު ހުރިތޯ ވެސް ލަމްހާ ސުވާލުކުރި ކަމަށް އެ ނަރުސް މީހާ ބުންޏެވެ. މާވިން ސަލާމަތް ކުރާނީ ލަމްހާ ކަމަށް ލަމްހާ ބުނި ކަމަށް ވެސް އެ ހެކިވެރިޔާ ބުންޏެވެ.

އެ މައްސަލާގައި އިތުރު ހެކިންގެ ހެކިބަސް ނެގުން އަދިވެސް ކުރިއަށް އެބައޮތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް