ނަބާހާ އަށް ވިސާ ނުލިބުނު މައްސަލައިގައި ބެޑްމިންޓަން އެސޯސިއޭޝަނުން އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވިސާ ނުލިބޭ ކަން އެނގުނު އިރު، ފުރަން ޓިކެޓް ވެސް އޮތީ ނަގަފައެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި މި މަހު 26 ގައި ފަށާ އޮލިމްޕިކްސް އިން ނަބާހާ އަށް ޖާގަ ދިނީ އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން، އޭނާގެ ޕާފޯމަންސަށް ބެލުމަށް ފަހު ނަތީޖާތައް ރަނގަޅު ވުމުންނެވެ. ޓްރައިޕާޓައިޓް ކޯޓާގެ ޖާގަ ދެނީ އޮލިމްޕިކްސް ކޮލިފައިން މަރުހަލާގައި ވާދަކޮށް ނެރޭ ނަތީޖާތައް ރަނގަޅު ކުރުމުންނެވެ.
މި އަހަރު ވެސް އޮލިމްޕިކް ގޭމްސް އިން ލިބުނު ފުރުސަތާ އެކު މި ފުރުސަތާ އެކު އޭނާ ވެފައި ވަނީ، ވިދިވިދިގެން ދެ ވަނަ އޮލިމްޕިކްސްއިން ޖާގަ ހޯދި ބެޑްމިންޓަންގެ ފުރަތަމަ އެތުލީޓަށެވެ.