ކުޅިވަރު މިނިސްޓްރީގެ އިސް ނެންގެވުމަށް، މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ކުޅިވަރު ނޫސްވެރިންނާއި މާކެޓް ކުރާ މީހުންނަށް ހާއްސަކޮށް ގެންދާ ޕްރޮގްރާމެކެވެ.
މާލޭގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކިޔަވައިދެނީ ރާއްޖޭން ބޭރުގެ ތަޖުރިބާކާރެކެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މި ޕްރޮގްރާމްގައި ރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުންނާއި ނޫސްވެރިންނާއި އަދި މުޅިން އަލަށް މި ދާއިރާއަށް ނުކުންނަ މީހުން ބައިވެރިވެއެވެ.