ads
ރައްޔިތުން މަޖިލީހުގެ 19 ވަނަ ދައުރުގެ މެންބަރުން -- ފޮޓޯ:މަޖިލިސް
ޓްރާންސްޕޭރެންސީން ބަޔާން ހޯދަން ގޮވާލީ އުސޫލުގައި އޮތްގޮތް ނޭނގި: މަޖިލިސް
މަޖިލީސް މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ގޮވާލާފައި ވަނީ މާލީ ބަޔާން ހާމަކުރާ އުސޫލު ރަނގަޅަށް ސާފުނުކޮށް ކަމުގައި ރައްޔިތުންގެ މަޖިލީހުން މިރޭ ބުނެފި އެވެ.

މަޖިލީހުން މިހެން ބުނެފައި މިވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެކްސްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ނެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މަގާމާއި ހަވާލުވިފަހުން މަޖިލީހުގެ މިހާރުގެ މެންބަރުންގެ އެސެޓް ޑެކްލެރޭޝަންތައް ހާމަކޮށްފައި ނުވާ ކަަމަށެވެ. އަދި މި މައުލޫމާތުތައް ވޯޓުލާ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށް އެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން މަޖިލިސް އިދާރާއިން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލާ ޓުވީޓުކޮށްފައި ވަނީ މާލީ ބަޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށް ކަމުގައެވެ.

"ވީމާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުމަށް ގޮވާލާ ޓުވީޓުކޮށްފައިވަނީ މާލީ ބާޔާން ހާމަކުރަމުންދާ އުސޫލު ރަނގަޅަށް ސާފުނުކޮށެވެ،". އެ ބަޔާނުގައި ވެއެވެ.

މަޖިލީސް އިދާރާއިން ވިދާޅުވީ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ފާއިތުވި ހަތަރު އަހަރުގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަަމަށެވެ. އަދި އެބޭފުޅުންގެ ފަސް ވަނަ އަހަރުގެ މާލީ ބަޔާން އެ މެންބަރުން ހުށަހަޅުއްވާނީ އަންނަ އޯގަސްޓް މަހުގެ 31 ގެ ކުރިން ކަަމަށްވެސް ވިދާޅުވިއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް