ads
ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ތަކެއް ފުލުހުން ދައްކާލަނީ
ކުރިއަރު މެދުވެރިކޮށް ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފި
ކުރިއަރު މެދުވެރިކޮށް ޑްރަގު އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި މީހާ ހައްޔަރުކުރީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައިކަމަށެވެ. 

މާލެއިން ހައްޔަރުކުރި މި މީހާ އަކީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.  

މިދިޔަ އަންގާރަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ކުރިއަރު ސާވިސް މެދުވެރިކޮށް އޭނާ ހަވާލުވި ޕާރުސަލް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ކާޑްރިޖް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. 

 މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް މުއްދަތެއް ޖަހާދީފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް