ads
ހަށިވިއްކަމުން ދިޔަ މީހުން އުޅޭތައް ފުލުހުންނާއި އިމިގްރޭޝަނުން ބަލާ ފާސްކުރަނީ
މާލޭގައި ހަށިވިއްކަމުންދިޔަ ދެ އަންހެނުން ހައްޔަރުކޮށްފި
މާލޭގައި ހަށިވިއްކަމުންދިޔަ ބިދޭސީ ދެ އަންހެނުން ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މި މީހުން ހައްޔަރުކުރީ މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސް ލިބިގެން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ރެއިޑްގައި ވިއެެޓްނާމަށް ނިސްބަތްވާ ދެ އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އެހެންނަނަމަވެސް އިތުރު ތަފްސީލެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ. 

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. ރޭވަނީ ހިންގި އޮޕަރޭޝަނެއްގައިވަނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ބިދޭސީން ތަކެއް އަތުލައިގެންފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިންގާ ހަތަރު މާރުކޭޓަކަށް ވަދެ 83 ބިދޭސީއެއް ވަނީ ހައްޔަރުކޮށްފައެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށްް ކުރަމުންދާ މަސައްކަތުގެ ދަށުން ގަވައިދާ ހިލާފަށް އުޅުނު 1800 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ހޯދާ އެމީހުންގެ ގައުމަށް ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

ރާއްޖޭގައި އުޅޭ ބިދޭސީން ހޯދާ އެމީހުން ގަވައިދަށް ފެއްތުމަށް "ކުރަނގި" ގެ ނަމުގައި ހޯމް މިނިސްޓްރީންވެސް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި މަސައްކަތުގައި ދަށުން ބިދޭސީން ހޯދާ އެމީހުން އިނގިލީގެ ނިޝާންތައް ދަނީ ނަގަމުންނެވެ. މިހާތަނަށް 1700 ވުރެ ގިނަ ބިދޭސީންގެ އިނގިލީގެ ނިޝާންތައް ނަގާ މައުލޫމާތުތައް ވަނީ އެއްކޮށްފައެވެ. އެއްވެސް އައިޑެންޓީއެއް ނެތް މީހުން އެމީހުންގެ ގައުމަތަކާއި ގުޅި ޓްރެވަލް ޑޮކިއުމެންޓް ހަދާ އެމީހުން ފޮނުވާލާނެކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް