ހެލްތު މިނިސްޓްރީން ބުނީ، މީގެ ކުރިން ރަސްމީ ވަގުތުގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަތް ދެމުން ދިޔަ ހޮސްޕިޓަލްތަކުގައި މި ޖުލައި މަހުން ފެށިގެން ދެ ދަންފަޅިއަކަށް ވަގުތު އިތުރުކުރާނެ ކަމަށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ބަލިމީހުން ބަލާވަގުތު އިތުރުކޮށްފައިވާ ކަމަށާއި، ބާކީ ހޮސްޕިޓަލްތަކުގައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނީ، އޯޕީޑީގެ ވަގުތު އިތުރުކުރުމުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.