ads
ވިލިމާލެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ވެރިންނާ ކުރީގެ ވަޒީރު އަދި ކޮމިޝަނަރު
ކުނި އުކާފައި ފައިސާ ނުދައްކައިގެން އެފްއޭއެމްގެ މައްޗަށް ހުކުމެއް
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން – ވެމްކޯ މެދުވެރިކޮށް ކުނި އުކާފައި ފައިސާ ނުދައްކައިގެން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކޮށްފިއެވެ.

ވެމްކޯއިން އެފްއޭއެމާ ދެކޮޅަށް ދައުވާ ކުރި މައްސަލައިގައި މިއަދު ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު އިއްވި ހުކުމަކީ ވިލިގިލީ ހުންނަ އެފްއޭއެމްގެ ދަނޑުގެ ކުނި އުކައިގެން ވެމްކޯއަށް ދައްކަން ޖެހޭ ބައިލައްކައެއްހާ ރުފިޔާއެވެ. މީގެ ކުރިންވެސް އެފްއޭއެމުން ކުނި އުކާފައި ފައިސާ ނުދައްކައިގެން އެ އިދާރާގެ މައްޗަށް ހުކުމެއް ކޮށްފައިވެއެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު، އެފްއޭއެމްގެ ގައިރު ހާޒިރުގައި އެ އިދާރާގެ މައްޗަށް ހުކުމް ކުރީ، ވެމްކޯއަށް ދައްކަން ޖެހޭ 39108 ރުފިޔާ ތިން ދުވަހުގެ ތެރޭގައި ދައްކާށެވެ. ހުކުމުގައި ބުނެފައިވަނީ އެ ފައިސާ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައި ހަލާސް ކުރުމަށެވެ. މީގެ ކުރިންވެސް ކުނީގެ ފައިސާގެ ގޮތުގައި ލައްކައެއްހާ ރުފިޔާ ދައްކަން ހުކުމެއްކޮށްފައިވެއެވެ.

ވެމްކޯއިން، ކުނި އުކައިގެން އެއަށްވާ ފައިސާ އެފްއޭއެމުން ނުދައްކައިގެން ހުކުމް ކުރިއިރު، މި ހަފްތާ ތެރޭ އެހެން ދެ މައްސަލައެއްގައި 70،000 ޑޮލަރު ދައްކަންވެސް އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުންވަނީ ހުކުމްކޮށްފައެވެ. އެފްއޭއެމްގެ މައްޗަށް އެތައް ހުކުމެއް އައިސްފައިވާއިރު އެ އިދާރާގެ ރައީސްކަމުގެ މަގާމުގައި ހުރި ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ޖިނާއީ ދައުވާތަކެއް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އެފްއޭއެމްގެ ފައިސާއަށް ބައްސާމް ހިޔާނަތްތެރިވެފައިވާ ކަމުގެ މައްސަލަތަކެއް ކޯޓުގައި ކުރިއަށް ދަނިކޮށް ފީފާއިން ވަނީ ބައްސާމް ސަސްޕެންޑްވެސް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް